Last Updated: May 8, 06:04
Wednesday, May 8, 2024
ވިޔަފާރި

މޯލްޑިވިއަން "ބަނގުރޫޓްވާތީ" ފަންޑު ފޮށްޓެއް!

އައްޑޫ ރައްޔިތުންގެ އަޑު އިންތިޒާމް ކުރާ ފަރަތުން ފޭދޫ ބަނދަރު ސަރަހައްދުގައި ބެހެއްޓި ފަންޑު ފޮށި. ފޮޓޯ: ކިއުންތެރިއެއް

ސ. ގަމާއި ލަންކާ އާއި ދެމެދު ސްރީލަންކަން އިން ސީދާ ދަތުރު ފެށުމުގައި ހަފްތާ އަކު ދެ ދުވަހު ސްރީ ލަންކަން ބޯޓު ގަމުން މާލެ ޑޮމެސްޓިކް ދަތުރު ބާއްވަން އެދުމުން މޯލްޑިވިއަން "ބަނގުރުޓް ވެދާނެ" ކަމަށް ބުނެ މިޑިއާގައި ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން އައްޑޫގައި "މޯލްޑިވިއަން"އަށް އެހީވުމަށް ފަންޑު ފޮށްޓެއް ބަހައްޓައިފި އެވެ.

އައްޑޫގެ ތަރައްޤީގެ ކަންކަމަށް ހުރަސް އެޅި ކަންކަން ނުވެ ދިގުލައިގެންދާތީ އެކަން ކަމާއި އަޑު އުފުލުމުގެ ގޮތުން ފޭދޫ ބަނދަރު ސަރަހައްދުގައި ކުރިއަށް ގެންދާ "އައްޑޫ ރައްޔިތުންގެ އަޑު" އިންތިޒާމް ކުރާ ފަރާތުން މިއަދު ބުނީ އައްޑޫ ރައްޔިތުންގެ ފަރާތުން މޯލްޑިވިއަން އަށް އެހީ ވުމަށް ފަންޑު ފޮށްޓެއް ބެހެއްޓީ އެކުންފުނި ބަނގުރޫޓު ވެދާނެތީ އެހީ ވުމަށް ކަމަށެވެ،

ފޭދޫ ބަނދަރު ސަރަހައްދުގައި ބަހައްޓާފައިވާ ފަންޑު ފޮށްޓާ ގުޅޭ ގޮތުން އޭނާ ބުނީ މޯލްޑިވިއަން އަށް އެ ފަދަ ބޮޑު ގެއްލުމެއް ވެދާނެތީ އެހީވާން ޖެހޭ ކަމަށެވެ. ހަމަ އެއާ އެކު ސްރީ ލަންކަން އިން ސީދާ ދަތުރުތައް ފެށުމަށް ވެސް އައްޑޫ ރައްޔިތުން ބޭނުން ކަމަށެވެ.

"މީގަ ދިމާވެގެން މިއުޅޭ އެއްޗަކީ ސްރީލަންކަން ދަތުރުފެށިމާ މޯލްޑިވިއަން އެބަ ބަނގުރޫޓްވޭ، އެހެންވެ އެ މީހުންނަށް އެހީވެފައި ލަންކާއަށް ސިދާ ދަތުރު ފެށޭނެ ގޮތް ވެސް ހޯދަން އެބަ ޖެހޭ."

ރައްޔިތުންގެ އަޑު އިންތިޒާމް ކުރުމުގައި އުޅޭ އޮފިޝަލަކު ބުނީ މޯލްޑިވިއަނުން ކަންބޮޑުވުން ފާޅު ކުރާއިރު އެކުންފުނިން ޗައިނާ، ބަންގްލަދޭޝްގެ ޑާކާއަށް، އިންޑިއާގެ ތްރިވަންތަޕޫރަމް އަށް ދަތުރު ކުރާއިރު ގަމާއި ލަންކާ އާއި ދެމެދު ދަތުރު ނުކުރެވޭ ކަމަށެވެ. އަދި އެފަދަ އިންތިޒާރަކަށް އެތައް ދުވަސްތަކެއް ވަންދެން އެދި އެދި ތިބި ބަޔަކަށް އެ ފުރުސަތު ލިބޭތީ މޯލްޑިވިއަނުން ދައްކާ ވާހަކަ ތަކާއި މެދު މާ ބޮޑަށްވެސް ކަންބޮޑުވާ ކަމަށެވެ.

މޯލްޑިވިއަނުން ވަނީ ޑޮމެސްޓިކް ހުއްދައިގެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ މައްސަލަ އ ގުޅިގެން އައްޑޫ ރައްޔިތުންގެ ނުރުހުން ވަނީ އެ އެއާލައިނަށް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.