Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އަދިތީ ވިސްނަނީ 7 ނުވަތަ 8 ކުދިން އެޑޮޕްޓް ކުރުމަށް

ބޮލީވުޑްގެ ތަރި އަދިތީ ރާއޯ ހައިދަރީ ބޭނުންވަނީ 7 ނުވަތަ 8 ކުދިން އެޑޮޕްޓް ކުރުމަށް ކަމަށް އޭނާ ބުނެފިއެވެ.

މިއީ ބޮލީވުޑްގެ ބައެއް ތަރިން ކުރާ ކަމެކެވެ. އެގޮތުން ސުޝްމިތާ ސެން، ސަނީ ލިއޯނީ، ފަދަ ތަރިން ވަނީ އެއް ކުއްޖަކަށް ވުރެ ގިނައިން ކުދިން އެޑޮޕްޓް ކޮށްފައެވެ. މިއީ އަމިއްލައަށް ކުދިން ނުވިހަންވެގެން އެ ފަރާތްތަކުން ކުރާ ކަމެކެވެ. މިހެން މިކަން އޮތް ނަމަވެސް އެކަމަކީ އެ އެޑޮޕްޓް ކުރެވޭ ދަރިފުޅަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމެކެވެ. ގާނޫނީގޮތުން ބަލަދު އަރާނެ މަޝްހޫރު ފައިސާވެރި ބެލެނިވެރިން ލިބުމާއެކު އަރާމު އުފާވެރި ދިރިއުޅުމެއް އެފަދަ ކުދިންނަށް ލިބިގެންދެއެވެ.

އަދިތީ ކުދިން އެޑޮޕްޓް ކުރަން ބޭނުންވަނީ ކިހާތާކު ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

އަދިތީގެ މިހާރުގެ މަސައްކަތްތަކަށް ބަލާއިރު އޭނާ ހަރަކާތްތެރިވަމުންދަނީ ސައުތު އިންޑަސްޓްރީގައެވެ. އެ އިންޑަސްޓްރީއިން އޭނާއަށް ފަހި ފުރުސަތުތަކެއް ލިބިފައިވާ ކަމަށް އަދިތީ ވަނީ ބުނެފައެވެ.