Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ދެ ބުރި ގެއެއްގެ މަތިން ކުއްޖަކު ވެއްޓި ސީރިއަސް އަނިޔާތަކެއްވެއްޖެ

ސ. މަރަދޫފޭދޫ ގެއެެއްގެ ދެވަނަ ބުރިން 7 އަހަރުގެ ކުއްޖަކު ވެއްޓި ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި 7 އަހަރުގެ ފިރިހެން ކުއްޖާ ވެެއްޓުނީ މަރަދޫފޭދޫ ބޮޑު މަގުގައިި ހުންނަ "ގުރުވަ" ނަމަކަށް ކިޔާ ގޭގެ ދެވަނަ ބުރިންނެވެ. އެކުއްޖާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދާއިރު ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކުއްޖާގެ ބޮލަށް ސީރިއަސް އަނިޔާތަކެއްް ލިބިފައިވާ ކަމަށާއި، ޗާޓަރު ފްލައިޓެއްގައި އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.