Last Updated: June 10, 00:02
Wednesday, June 10, 2026
ޚަބަރު

އޭކޭ ފޮނަދޫ ދާއިރާއަށް

ރައީސް މައުމޫންގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން (އޭކޭ) ރައީސް މައުމޫންގެ ތާއިދާއި އެކު އަންނަ މަޖްލިސްގައި ފޮނަދޫ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވައިފިއެވެ.

އޭކޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޮނަދޫ ދާއިރާއަށް ވާދަކުރައްވާކަން ރައީސް މައުމޫން އިއްލާންކޮށްދެެއްވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، މަސައްކަތް ކުރައްވާނީ ރައްޔިތުންނާއި ސަރުކާރާއި އަދި ޕާޓީގެ އުއްމީދު ހާސިލްކޮށް ދިނުމަށް ކަމަށެވެ.

އޭކޭ އަކީ ރައީސް މައުމޫންގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވުމުގެ އިތުރުން މަޖްލިސް މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ރައީސް މައުމޫންގެ ވެރިކަމަށްފަހު ސިޔާސީ ދާއިރާގައި ޖުމްހުރީ ޕާޓީ އާއި އެކު މަސައްކަތް ކުރެއްވުމަށްފަހު އަލުން ރައީސް މައުމޫން އާއި އެކު ވަނީ ސިޔާސީ މަސައްކަތުގައި އުޅުއްވަން ފައްޓަވާފައެވެ.

ރައީސް މައުމޫން އިއްޔެވަނީ އާ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރައްވާ ކަމަށާއި އެމަނިކުފާންގެ ތާއިދާއި އެކު މަޖްލިސްގެ ބައެއް ދާއިރާތަކަށް ބޭފުޅުން ނެރުއްވާނެކަމަށް ވިދާޅުވެފައެވެ.