Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

އުމަރު ސަފީރުކަމުގެ ފަތްކޮޅު ލަންކާގެ ރައީސް އަށް އަރުވައިފި

އުމަރު ސަފީރުކަމުގެ ފަތްކޮޅު ލަންކާގެ ރައީސް އަށް އަރުވަނީ - ފޮޓޯ: ފޮރިން މިނިސްޓްރީ

ސްރީލަންކާއަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރު އުމަރު އުމަރު އަބްދުއްރައްޒާގް، އޭނާގެ ސަފީރު ކަމުގެ ފަތްކޮޅު ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާއަށް އަރުވައިފިއެވެ.

ލަންކާގެ ރައީސް ސިރިސޭނާއަށް، އުމަރުދު އޭނާގެ ސަފީރު ކަމުގެ ފަތްކޮޅު އަރުވާފައިވަނީ މިއަދު މިއަދު މެންދުރުފަހު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ވާހަކަފުޅުދައްކަވަމުން ލަންކާގެ ރައީސް ވަނީ އުމަރުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެ އާއި ލަންކާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުމަރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހެޔޮއެދުންތައް ލަންކާގެ ރައީސް އަދި ލަންކާގެ ރައްޔިތުންނަށް ރައްދު ކުރައްވާފައެވެ. އަދި ލަންކާ އަކީ ރާއްޖޭގެ ތަރައްގީ މުހިއްމު ބައިވެރިއެއް ކަމަށާއި އޭނާގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެ އާއި ލަންކާގެ ޒަމާންވީ އެކުވެރިކަން އިތުރަށް ވަރުގަދަކުރަން މަސައްކަތް ކުރައްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

ރައީސް ސޯލިހު ލަންކާގެ ސަފީރު ކަމަށް އުމަރު އައްޔަން ކުރެއްވީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.