Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

އިމާރާތުގެ މަތިން ވެެއްޓުނު ކުއްޖާގެ ހާލު ސީރިއަސް: އެޗްއާރުއެޗް

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް. އައްޑޫލައިވް ފޮޓޯ: ހުސައިން ޒަހީން

މިއަދު މެންދުރު މަރަދޫފޭދޫ "ގުރުވަ" ގޭގެ ދެވަނަ ބުރިން ވެއްޓުނު ކުއްޖާގެ ހާލު ސީރިއަސްކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށެވެ. އެކުއްޖާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދާ އިރު ޑޮކްޓަރު ވަނީ ސީޓީ ސްކޭން ހެދުމަށް މާލެ ގެންދިއުމަށް ލަފާދީފައެވެ.

ހޮސްޕިޓަލުން ބުނީ އެކުއްޖާގެ ބޮލަށް ލިބިފައިވާ ގެއްލުމަށް ފަރުވާ ދިނުމަށް މާލެ ގެންދިއުމަށް ފްލައިޓު ޗާޓަރު ކުރުމުގެ މަސައްކަތް އާސަންދައިން ކުރަމުން އަންނަ ކަމަށެވެ.