Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

އެސްއެމްއީ ބޭންކު އަންނަ މާޗު މަހު ހުޅުވަނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ސަރުކާރުން އުފައްދާ އެސްއެމްއީ ބޭންކު އަންނަ މާޗު މަހު ހުޅުވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މަޖްލިސް އިންތިހާބު ކެމްޕެއިން ލޯންޗުކުރުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެސްއެމްއީ ބޭންކުގެ ހިދްމަތް އަންނަ މާޗު މަހު ދޭން ފެށޭނެކަމަށެވެ.

އެސްއެމްއީ ބޭންކެއް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އަދި އެބޭންކުގެ ހިދްމަތް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފައްޓަވާނެކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް އުފައްދާ އެސްއެމްއީ ބޭންކު އުފައްދުމަށް ނިންމާފައިވަނީ މިހާރު ރާއްޖޭގައި އޮތް ތިން ސިޓީގެ ހިއްސާ އޮންނަ ގޮތަށެވެ.