ރާއްޖެއިން މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު ށ. ފީވަކު އަހުމަދު މަނިކު ހޮވައިފިއެވެ.
ށ. ފީވަކު ކައުންސިލުން ބުނީ އަހުމަދު މަނިކު ހޮވި މާވަހުރުގެ ބަރުދަނުގައި 82 ކިލޯ ހުރިކަމަށެވެ.
އަހުމަދު މަނިކު މާވަހަރު ހޮވާފައިވަނީ އެކަނި މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ކަމަށް ކައުންސިލުން ބުންޏެވެ. ކައުންސިލުން ބުނީ މާވަހަރު ފެނިގެން އޭތި ނުނެގިގެން އަހުމަދު މަނިކު މާވަހަރު ރަށަށް ގެނައީ ވާގަނޑެއްގައި ކަފު ޖަހައިގެންނެވެ.
މާވަހަރުގެ ސާމްޕަލް ޓެސްޓު ކުރުމަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ އިރު މާވަހަރު ގަތުމަށް ބައެއް ފަރާތްތަކުން ގުޅަމުންދާކަމަށް އަހުމަދު މަނިކު ބުންޏެވެ. މާވަހަރުގެ އަގު މާކެޓުގައި ހުރި އަގަށް ބަލާއިރު މިއީ 44 މިލިއަން ރުފިޔާގެ މާވަހަރެކެވެ.