Last Updated: March 29, 09:42
Friday, March 29, 2024
ޚަބަރު

ޝެއިޚް އިދުރީސްގެ ސިލްސިލާ ދަރުސް ޕްރޮގްރާމެއް އައްޑޫގައި

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ޝެއިޚް އިދުރީސް ހުސެއިންގެ ސިލްސިލާ ދަރުސް ޕްރޮގްރާމެއް މިމަހު ފެށުމަށް ހަމަޖެހިއްޖެއެވެ.

ހިތަދޫގެ މިސްކިތްތަކުގައި މިމަހުގެ ތިނެއް ވާ އާދީއްތަ ދުވަހުން ފެށިގެން ހުކުރު ދުވަހާއި ހަމައަށް ކޮންމެ ރެއެއްގެ ޢިޝާ ނަމާދަށް ފަހު ޝެއިޚް އިދްރީސްގެ ދަރުސް ބޭއްވުމަށް ޖަމިއްޔަތުއް ޢުލަމާ އިން ވަނީ ހަމަޖައްސާފައެވެ.

އެގޮތުން މާދަމާ ރޭ ފެށޭ ދަރުން ހިތަދޫ މަސްޖިދުއް ތަޤްވާ (ހުސެއިން މޫސާ މިސްކިތް) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ހޯމަ ދުވަހުގެ ރޭ ދަރުސް މަސްޖިދުއް ބާބުލްޚައިރު (އައިމަލި މިސްކިތް) ގައި ބޭއްވުމަށް ފަހު އަންގާރަ ދުވަހުގެ ރޭ ދަރުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހިތަދޫ ހުކުރު މިސްކިތުގައެވެ.

އަދި ބުދައިގެ ދަރުސް މަސްޖިދުއް ޛިކުރާ(ވިޔަފާރިވެރިންގެ މިސްކިތް)، ބުރާސްފަތި ދުވަހު މަސްޖިދުއް ޝޫރާ(ވަލި މިސްކިތް) ގައި ބޭއްވުމަށް ފަހު ހުކުރު ދުވަހުގެ ރޭ މަސްޖިދުއް އިކްރާމް (ފަޒާ މިސްކިތް) ގައި ފަހު ދަރުސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

މި ދަރުސް ޕްރޮގްރާމްތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެވަޑައިގަތުމަށް ޖަމިއްޔަތުއް ޢުލަމާ އިން ވަނީ އައްޑޫ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.