Last Updated: July 25, 06:01
Saturday, July 25, 2026
ޚަބަރު

މާފަރުގައި މީހަކު މަރުވެފައި އޮތްވާ ފެނިއްޖެ

ނ. މާފަރު

ނ. މާފަރުގައި މީހަކު މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

މާފަރު ކައުންސިލާއި ހަވާލާދީ "ސަން" އޮންލައިނުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަރުވެފައިވަނީ، އެރަށު ބަޔަކު ކަށިމަސް ހިފަން މޫދަށް އެރި އުޅެނިކޮށް އުމުރުން 58 އަހަރުގެ އަލީ ރަޝީދު ނަމަކަށް ކިޔާ މީހެކެވެ.

ކައުންސިލުން ބުނެފައިވަނީ އަލީ މޫދަށް އެރި އުޅުނީ އާންމުކޮށް މީހުން މޫދަށް އެރި އުޅޭ ސަރަހައްދަކަށް ކަމަށާއި އެއީ އިސްކޮޅު ޖެހޭ ހިސާބެއް ވެސް ކަމަށެވެ.

އަލީގެ ހަށިގަނޑު މާފަރު ހިނަވާގެއަށް މިހާރު ގެނެވިފައިވާ ކަމަށް ޚަބަރު ލިބެއެވެ.