ސ. ހިތަދޫ ރަސްމީ ބޯޅަ ދަނޑު ތަރައްގީ ކުުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން އެ ތަނުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ބަޔަކު ހޯދަން އައްޑު ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.
ކައުންސިލުން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 6 ވަނަ ދުވަހު ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި މިކަމާ ބެހޭ ގޮތުން ޖޫން 2 ވަނަ ދުވަހު ކައުންސިލް އިދާރާ އިން މައުލޫމާތު ސާފު ކުރެވޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.
ކައުންސިލުން ބުނީ ޕްރޮޕޯސަލް ހުށަހަޅަން ހަމަޖެހިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަކުގެ ޕްރޮޕޯސަލް ބަލައި ގަތުމުގެ ސެޝަންގައި ބައިވެރިނުވެވޭނެ ކަމަށެވެ. އަދި މަޢުލޫމާތު ހޯދުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް ކައުންސިލުން ބުނެ އެވެ.
ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ ޖޫން 6، 2013 ވާ ބުރާސްފަތި ދުވަހުގެ 14.00 އަށެވެ.