ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ ލަންކާއަށް ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލަންކާއަށް ވަޑައިގަންނަވަނީ އެގައުމުގެ 71 ވަނަ މިނިވަން ދުވަސް ފާހަކަ ކުރުމަށް ބާއްވާ ހާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވުމަށްކަމަށެވެ. މިއީ ރައީސް ކަމުގެ މަގާމަށް ވަޑައިގެންނެވުމަށްފަހު ރައީސް ލަންކާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ނަމަވެސް ރައީސް ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގެންފައެވެ.
ރައީސްގެ މިދަތުރުފުޅުގައި ލަންކާގައި ދިރިއުޅުއްވާ ދިވެހި އާއިލާތަކާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.