ސިއްރު ފެންފުށީގެ އިމާރާތަކުން ވެއްޓި 22 އަހަރުގެ ދިވެހި ޒުވާނަކު މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 22 އަހަރުގެ ޒުވާނާ މަރުވެފައިވަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޒުވާނާ ވެއްޓިފައިވަނީ އިމާރާތެއްގެ މަސައްކަތުގައި އުޅެނިކޮށް ކަމަށެވެ. އެމައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 11:30 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި މައްސަލަ ތަހްގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ކުއްލި މަރު ގިނަވެފައިވާ އިރު އިއްޔެ މެންދުރު އައްޑޫ ސިޓީ މަރަދޫފޭދޫ ގެެއެއްގެ ދެވަނަ ބުރިން ވެއްޓުނު 7 އަހަރުގެ ފިރިހެން ކުއްޖަކަށް އައިޖީއެމްއެޗް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.