Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

މަހަށް ނިކުމެ އުޅުނު މީހަކު ކުއްލިގޮތަކަށް މަރުވެއްޖެ

ލ. ހިތަދޫ ބޭރުގައި މަސްވެރިކަން ކުރަމުން ދިޔަ ދޯންޏެއްގައި ހުރި މީހަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

އެމްއެންޑީއެފް ކޯސްޓު ގާޑުން ބުނީ ލ. ހިތަދޫ ގެ ދެކުނުން 24 ނޯޓިކަމް މޭލްގައި މަސްވެރިކަން ކުރަމުން ދިޔަ "މާވެހި" ދޯނީގެ ފަޅުވެރިޔަކު ހާލު ދެރަވެގެން އެމްއެެންޑީއެފްއަށް އެދުމުން އެމީހާ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެމީހާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވެފައިވަނީ ކުއްލިއަކަށް މެޔަށް ތަދެއް އެރުމަށްފަހު ހާލު ދެރަވެއެވެ. މިއަދު ހެނދުނުން ފެށިގެން މިހާތަނަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ކުއްލި ތިން މަރުވަނީ ރިޕޯޓުކޮށްފައެވެ.

މާފަރުގައި މަސް ހިފަން މޫދަށް އެރިއުޅުނު 58 މީހަކު މަރުވެފައިވާ އިރު މިއަދު ހެނދުނު 11:30 ހާއިރު ށ. ސިއްރު ފެންފުށީގެ އިމާރާތެއްގެ މަތިން 22 އަހަރުގެ ޒުވާނަކު ވެއްޓި ވަނީ މަރުވެފައެވެ.