ހުޅުމީދޫގައި ހުންނަ ޝަމްސުއްދީން ސްކޫލްގައި ޕްރެޔަ ރޫމެއް ނުވަތަ ނަމާދު ކުރާ ތަނެއް ހަދަން ނިންމައި އެކަން ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.
ކައުންސިލުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ފޮތް ވިއްކުން އޮންނާނީ ޖޫން މަހުގެ 2-5 އަށް އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ކަމަށެވެ. ބީލަން ފޮތެއްގެ އަގަކީ 250ރ. އެވެ. އަދި ފައިސާ ދެއްކެވުމުން ބީލަންފޮތުގެ ސޮފްޓް ކޮޕީ ލިބިވަޑައި ގަންނަވާނެ އެވެ.
ކައުންސިލުން ބުނީ މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ ޖޫން 9 އެއްވާ އާދީއްތަ ދުވަހުގެ 14:00 ގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ.
ބިޑް ހުޅުވުން އޮންނާނި ޖޫން 13 ވާ ބުރާސްފަތި ދުވަހުގެ 14:00ގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް ގަ އެވެ.
ބީލަން ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައިގަ އެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ގަޑި އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެފައި އޮންނަން ވާނެ ކަމަށް ކައުންސިލުން ބުނެ އެވެ.