Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ދެ ބުރި އިމާރާތުން ވެއްޓުނު ކުއްޖާގެ ހާލު ރަނގަޅު: އައިޖީއެމްއެޗް

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ އަވަސް ފަރުވާއަށް މާލެ ގެންދަނީ.

ސ. މަރަދޫފޭދޫ "ގުރުވަ" ގޭގެ ދެވަނަ ބުރިން ވެއްޓުނު ފިރިހެން ކުއްޖާގެ ހާލު ރަނގަޅުކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ރޭ ދަންވަރު އައްޑޫން މާލެ ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާދެމުންދާ އިރު އޭނާ މިހާރު "ސްޓޭބަލް" ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ އެކުއްޖާއަށް މިހާރު ފަރުވާދެމުންދަނީ އައިޖީއެމްއެޗްގެ ކުޑަކުދިންގެ ވޯޑުގައި ކަމަށެވެ.

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާއަށް އިއްޔެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު ސީޓީ ސްކޭން ހެދުމަށް މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައި މާލެ ގެންދިޔައީ ރޭ 11:30 ހާއިރުއެވެ.