Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ކަނޑު މަގުން ހިތަދޫއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

ހިތަދޫ ޕޮލިސް ސްޓޭޝަން

ސ. ހިތަދޫއަށް ކަނޑު މަގުން އެތެރެ ކުރަން އުޅުނު މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ފުލުހުން އަތުލައިގެންފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނަށް ލިބުނު އިންޓަލިޖެންސް މައުލޫމާތަކާއި ގުޅިގެން ހިތަދޫ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިއަދު ހަވީރު 3:30 ހާއިރު މާލެއިން ހިތަދޫއަށް އައި ބޯޓަކުން ފަސް ޕެކެޓު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓުތަކެއް އަތުލައިގެންފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 57 ގްރާމް ހުރިކަަމަށް ފުލުހުން ބުންޏެވެ. އަތުލައިގަނެވުނު މަސްތުވާ ތަކެއްޗާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ދަނީ މަސްތުވާތަކެތި އަތުލައިގަތުމަށް މުޅި ރާއްޖޭގައި ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.