Last Updated: June 10, 00:02
Tuesday, June 9, 2026
ކުޅިވަރު

ވިހި ޓީމާއި އެކު މައިލޯ ސްޓްރީޓު ސޮކާ މިމަހު 9ގައި ފަށަނީ

ދަ ފޭދޫ ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން އައްޑޫގައި ބާއްވަމުން އަންނަ ސްޓްރީޓު ސޮކާ، މިއަހަރުގެ މުބާރާތް މިމަހުގެ 9 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.

މައިލޯއިން މެއިން ސްޕޮންސާރ ކޮށްފައިވާ މި މުބާރާތުގައި ގުރުލުން މިމަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރު މުބާރާތުގައި 20 ޓީމަކުން ވާދަކުރެއެވެ. ފެބްރުއަރީ 9 އިން ފެބްރުއަރީ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ސ. ގަމުގައެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 55،000 ރުފިޔާ ހުށަހަޅާފައިވާ އިރު ރަނައަޕް ޓީމަށް 23،000 ރުފިޔާ ވަނީ ހުށަހަޅާފައެވެ. މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ރޭގަޑުއެވެ. އެގޮތުން ގްރޫޕް ސްޓޭޖް މެޗުތައް ނިމެންދެން ކޮންމެ ރެޔަކު 3 މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ ކޯ ސްޕޮންސާ އަކީ އައްޑޫ ސިޓީ މެޑިސިޓީއެވެ. ސްޕޯޓްސް ޕާޓްނާއަކީ ޔުނިކްސް ސްޕޯޓިންއެވެ. އަދި މީޑިއާ ޕާޓްނާއަކީ އައްޑޫލައިވްއެވެ.