Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

އެކްޓިން ކޮމިޝަނަރ އައްޑޫގައި

އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ މުހައްމަދު ހަމީދު އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއަށް ދަތުރުފުޅެއް ފައްޓަވައިފިއެވެ.

ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީއަށް އޭސީޕީ ހަމީދު ކުރައްވާ ދަތުރުފުޅު ފެއްޓެވީ ފުވައްމުލަކުންނެވެ. އަދި އޭސީޕީ ހަމީދު މިހާރު ވަނީ އައްޑުއަށް ވަޑައިގެންފައެވެ. މިދަތުރުފުޅާ ގުޅޭ މައުލޫމާތެއް ފުލުހުން ހާމަކޮށްފައިނުވި ނަމަވެސް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ފުލުހުންގެ އިދާރާ ހަރުދަނާ ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ހޯމް މިނިސްޓްރީއާ ހަވާލުކުރައްވާފައެވެ.

އެކްޓިން ކޮމިޝަނަރުގެ މަގާމަށް ހަމީދު އައްޔަން ކުރެއްވުމުން އޭނާ ވަނީ ފުލުހުންގެ އިދާރާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައި އޮތް ތަނަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.