Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ރައީސް ސޯލިހަށް ލަންކާއިން ޚާއްސަ މަރުހަބާއެއް

ރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހް މިއަދު ސްރީ ލަންކާއަށް ވަޑައިގެންނެވުމުން ލަންކާ އަސްކަރިއްޔާއިން އެމަނިކުފާނަށް ޚާއްސަ މަރުހަބާއެއް ކިޔައިފިއެވެ.

ރައީސް ލަންކާއަށް ވަޑައިގެންނެވީ އެގައުމުގެ މިނިވަން ދުވަހާ ގުޅިގެން ބާއްވާ ޚާއްސަ ހަރަކާތްތަކުގައި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހް ގެ ދައުވަތަކަށެވެ. ރައީސް ސޯލިހަށް ލަންކާއިން މަރުހަބާ ދެންނެވީ ވެސް ބޮޑުވަޒީރު ރަނިލްއެވެ.

ރައީސުލް ޖުމުހޫރިއްޔާ މާދަމާ، ރަނިލް ދެއްވާ ޚާއްސަ ފަރިކޮޅެއްގައި ވެސް ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.