Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ރިޔާޒް އިނގިރޭސި ބަހުން ހަދާ އެގްރިމެންޓް ތަކުގައި ސޮއިކޮށް ފައިސާ ނުނަގާތި: މުސްތަފާ

ޢަބްދުﷲ ރިޔާޒް އިނގިރޭސިބަހުން ހަދާ އެގްރިމެންޓްތަކުގައި އެ ދާއިރާގެ މީހުން ސޮއިކޮށް ފައިސާ ނުނެގުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެދިވަޑައިގެންފިއެވެ.

މުސްތަފާ އެގޮތަށް އެދިވަޑައިގެންނެވީ ދާއިރާގެ އުމުރުން ދުވަސްވެފައި ތިބި ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ކަމުގައި މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

"ދާއިރާގެ އުމުރުން ދުވަސްވެފައި ތިބި ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ދަންނަވަން! ޢަބްދުﷲ ރިޔާޒް އިނގިރޭސިބަހުން ހަދާ އެގްރިމެންޓްތަކުގައި ސޮއިކޮށް ފައިސާ ނުނަގާތި" މުސްތަފާ ވިދާޅުވިއެވެ.

އެއީ ކޮން އެގްރިމެންޓްތަކެއް ކަމެއް އަދި އެކަމާއިބެހޭ އިތުރު އެއްވެސް ތަފްސީލެއް މުސްތަފާގެ ޓްވީޓްގައި އޭނާ ލިޔުއްވާފައެއް ނުވެއެވެ.