Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ތާޕްސީ "މިޝަން މަންގަލް"ގެ ޝޫޓިންގ ނިންމާލައިފި

ބޮލީވުޑްގެ ތަރި ތާޕްސީ ޕަންނޫ ފިލްމް" މިޝަން މަންގަލް"ގެ ޝޫޓިންގ ނިންމާލައިފިއެވެ.

އިންސްޓަގްރާމްގައި އޭނާގެ ވަރަށް ޗާލު ފޮޓޯއެއް ހިއްސާކޮށް ތާޕްސީ ވަނީ އިތުރު ރީތި ދަތުރެއް ނިންމާލެވިފައިވާ ކަމަށާއި ކާރްތިކް އަގަރްވާލްގެ ފިލްމު "މިޝަން މަންގަލް"ގެ ޝޫޓިންގ ނިމިފައިވާ ކަމަށް ބުނެފައެވެ.

މި ފިލްމަކީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ މުހިއްމު ކަމާއި ގުޅިގެން ކޮންމެ ވަގުތެއް އެކުގައި ކުރިޔަށް ދިޔުމުގެ މުހިއްމުކަން އޭނާއަށް އިހުސާސްކޮށްދިން ފިލްމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މި ފިލްމު 15 އޮގަސްޓުގައި ރިލީޒްކުރެވޭނެ ފަދަ އިޝާރާތެއް ވެސް ތާޕްސީ ވަނީ ކޮށްފައެވެ.

މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ރާކޭޝް ދަވަން އެވެ.