Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

އެންމެ ބޮޑު މާވަހަރު ޓެސްޓު ކުރަން މާލެއަށް

ރާއްޖެއިން މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރުގެ ބައެއް ޓެސްޓު ހެދުމަށް މާލެ ގެނެސްފިއެވެ.

ށ. ފީވަކު އަހަމަދު މަނިކު އެކަނި ވަދާ ނުކުމެ އުޅެނިކޮށް މިދިޔަ ހުކުރު ދުވަހު ހޮވި މާވަހަރު ގަތުމަށް ޝައުގުވެރިވެ އެތައް ބަޔަކު ދަނީ ގުޅަމުންނެވެ. އަހުމަދު މަނިކު ބުނީ މާވަހަރުގެ ބައިތައް ކުޑަ ޕްލާސްޓިކު ކޮތަޅުގައި ޓެސްޓު ކުރުމަށް މިއަދު ހެނދުނު މާލެ ފޮނުވާލާފައިވާ ކަމަށެވެ.

އަހުމަދު މަނިކު ހޮވި މާވަހަރަކީ އެންމެ އަގު ބޮޑު މާވަހަރުގެ ތެރޭގައި ހިމެނޭ ހުދަންބަރެއް ކަމަށް ކަމުގެ މައުލޫމާތު ހުރި ފަރާތްތަކުން ބުނި ނަމަވެސް މުޅިން އެކަން ސާފުވާނީ ޓެސްޓު ހެދުމުން ކަމަށް އަހުމަދު މަނިކު ބުންޏެވެ.

މާކެޓުގައި މާވަހަރުގެ އަގު ހުރި ގޮތަށް ބަލާއިރު މީގެ އަގު 44 މިލިއަން ދިވެހި ރުފިޔާއަށް އަރައެެވެ.