Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

އަދާލަތު ޕާޓީއަކީ ރޭވުންތެރި ޕާޓީއެއް: އެމްޑީޕީ

އަދާލަތު ޕާޓީއަކީ ރޭވިގެން އިންތިޒާމީ އޮނިގަނޑެއްގެ ތެރެއިން ހިނގާ ޕާޓީއެއްކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީ ހަރުގޭގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެ ޕާޓީގެ މަޖިލިސް ކެމްޕޭނުގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ އަދާލަތު ޕާޓީ އަކީ ރޭވުންތެރިކަމާއި އެކު ހިންގަމުން އަންނަ ޕާޓީއެއްކަމަށެވެ. އަދި އެޕާޓީ އާއި އެކު މަސައްކަތް ކުރުމަށް އެމްޑީޕީއަށް ވަރަށް ފަސޭހަކަމަށެވެ.

"އަދާލަތު ޕާޓީއަކީ ރޭވިގެން އިންތިޒާމީ އޮނިގަނޑެއްގެ ތެރެއިން ހިނގާ ޕާޓީއެއް ކަމަށާއި އެޕާޓީއާއެކު މަޝްވަރާ ކުރުމަށާއި މަސައްކަތް ކުރަން އެމްޑީޕީއަށް ވަރަށް ފަސޭހަ"

މަޖްލިސް އިންތިހާބާއި ގުޅިގެން ވެރިކަން ކުރާ ކޯލިޝަންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ. ހިޔާލު އެންމެ ބޮޑަށް ތަފާތުވެފައިވަނީ އެމްޑީޕީ އާއި ޖުމްހުރީ ޕާޓީ އާއި ދެމެދުއެވެ. އަދި ދާދި ފަހުން ރައީސް މައުމޫންވެސް ވަނީ ކޯލިޝަން އެއްބަސްވުމާއި ގުޅިގެން ވާހަކަފުޅު ދައްކަވާފައެވެ.