Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

އިންޑިޔާ ރާޑަރުތައް ހަރުކުރަން ފަށައިފި

ރާއްޖެއަށް އިންޑިޔާއިން ދީފައިވާ ރާޑަރ ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އިންޑިޔާގެ ސްޓްރެޓެޖިކް ނޫހަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިޔާއިން ދީފައިވާ 10 ރާޑަރު ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މިމަސައްކަތް ނިމި ރާޑަރުތައް ގުޅާ އެއް ނެޓްވޯކަކަށް ހެދުމުން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމުގައި އެމްއެންޑީއެފަށް އިތުރު ލުޔެއް ލިބިގެންދާނެ ކަމަށް ޝަމާލް ވިދާޅުވިއެވެ.