Last Updated: April 16, 20:04
Tuesday, April 16, 2024
ދުނިޔެ

ރޭޕް މައްސަލައެއްގައި ފަނޑިޔާރަށް ގޯސްވީ ގޯނާ ލިބުނު އަންހެން ކުދިން

އެމެރިކާގެ ކެންސަސް ސިޓީގައި ކުރިއަށް ދިޔަ ރޭޕްގެ މައްސަލައެއް ބެލި ފަނޑިޔާރު، މައްސަލާގައި ގޯނާ ލިބުނު ދެ އަންހެން ކުދިން ކުށްވެރިކޮށް، ކުށްކުރި ފިރިހެން މީހާގެ އަދަބު ލުއިކޮށްދީފިއެވެ.

އުމުރުން 13 އަހަރާއި 14 އަހަރުގެ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރީ 67 އަހަރުގެ ފިރިހެނެކެވެ. ފަނޑިޔާރު ބުނީ މިމައްސަލާގައި ދެ އަންހެން ކުދިންގެ ކުށް ވެސް އޮތް ކަމަށް އެނގިފައިވާ ކަމަށެވެ. ފިރިހެން މީހާގެ ގެއަށް ދެ އަންހެން ކުދިން ދިޔައީ އެނގިތިބެ ކަމަށާއި އޭނާގެ ކިބައިން ލާރި އަށް ކަންކަން ކޮށްދޭން އެދުނީވެސް އަންހެން ކުދިން ކަން އެނގިފައިވާ ކަމަށެވެ.

އެފަދަ އަމަލަކީ ބޮޑެތި މީހުންނަށް ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ހަށިވިއްކުމާއި ދާދި ކައިރި ކުރާ ކަމެއް ކަމަށް ދެކޭ ކަމަށް ފަނޑިޔާރު ބުނެފައިވެއެވެ.

އަދި ޖިންސީ ގޯނާ ކުރި ރަޔަން ސޯޑެންއަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ފަސް އަހަރާއި ދިހަ މަހަށް ލުއިކޮށްދިނެވެ.

ޕްރޮސެކިއުޓަރުން ވަނީ އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހުށައަޅާނެ ކަމަށެވެ. 18 އަހަރުން މަތީގެ ފިރިހެނަކު ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމަކީ އެންމެ މަތީ އަދަބު ލިބެން ޖެހޭނެ ކުށެއް ކަމަށް ކުޑަކުދިންގެ ހައްގުތައް ދިފާއުކުރާ ޖަމިއްޔާތަކުން ވަނީ މިމައްސަލައާ ގުޅިގެން ބުނެ އަޑު އުފުލާފައެވެ.