Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

ކޮންޓްރޯލުން ނެއްޓިގެން، މޫން ކެފޭ ތެރެއަށް ސައިކަލެއް ވަދެއްޖެ

ކޮންޓްރޯލު ނުވެގެން ގޮސް، ސައިކަލެއް މޫން ކެފޭގެ ތެރެއަށް ވަދެފައި- ފޮޓޯ: ސީއެންއެމް

ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެގެން ގޮސް، މާލެ ގަލޮޅުގައި ހުންނަ މޫން ކެފޭގެ ތެރެއަށް ވަދެއްޖެ އެވެ.

ކޮންޓްރޯލު ނުވެގެން ގޮސް ކެފޭ ތެރެއަށް ވަދެފައި ވަނީ އެއާ ބްލޭޑް މޮޑެލްގެ ސައިކަލެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިކަން ހިނގާފައިވަނީ މިއަދު 9:30ހާއިރު ކަމަށް "ސީއެންއެމް" އިން ރިޕޯޓްކޮށްފައިވެއެވެ. ސައިކަލް ދުއްވަން އިން މީހާއަށް އެ ކޮންޓްރޯލް ނުވެގެން ގޮސް މޫން ކެފޭ ތެރެއަށް ވަދެފައިވަނީ އެ ކެފޭގެ މައި ދޮރާއި ޖެހިގެން އިން ދޮރަކުންނެވެ.

މި ހާދިސާގައި ސައިކަލަށް ގެއްލުމެއް ނުވި ނަމަވެސް އެ ދުއްވަން އިން މީހާއަށް ކޮންމެވެސް ވަރެއްގެ އަނިޔާވެފައިވެއެވެ. އަދި ކެފޭގެ ލޯގަނޑެއް ވަނީ ތަޅައިގެންގޮސްފައެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.