Last Updated: April 18, 21:24
Thursday, April 18, 2024
ދުނިޔެ

ޕެރިސް އަލިފާނުގެ ހާދިސާ: މަރުވި މީހުންގެ އަދަދު 10 އަށް

މި ހާދިސާއަކީ ފަހަކަށް އައިސް ޕެރިސްގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ - ފޮޓޯ: އޭއެފްޕީ

ހުޅަނގު-ދެކުނު ޕެރިސްގެ އަށް ބުރީގެ އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 10 އަށް އަރައިފި ކަމަށް އޮފިޝަލުން ބުނެފި އެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކު ހިމެނޭ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މި ހާދިސާގައި 30 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާއިރު، އޭގެ ތެރޭގައި ހަ ފަޔާފައިޓަރުން ވެސް ހިމެނެއެވެ. އަދި އަނިޔާވި މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

16 ވަނަ އެރޮންޑިސްމެންޓްގައި ހިނގި މި ހާދިސާގައި އެޕާޓްމެންޓްގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން ހަރުގަނޑު ބޭނުންކޮށްގެން 50 މީހަކު ވަނީ ސަލާމަތްކޮށްފަ އެވެ.

ތަޙުޤީޤުކުރާ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި މި އަލިފާންގަނޑަކީ މީހަކު ގަސްތުގައި ރޯކޮށްލި އަލިފާންގަނޑެއް ކަމަށެވެ. މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއް އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް އެނގިފައި ވެއެވެ.

ފްރާންސްގެ ރައީސް އިމެނުއެލް މެކްރޮން ވިދާޅުވީ ޤައުމު ހޭލީ ހިތާމަވެރި ހާދިސާއަކަށް ކަމަށެވެ. އަދި މި ހާދިސާގައި ފަޔަރ ސަރވިސްގެ ޓީމުން ދައްކަމުންދާ ހިތްވަރަށް އޭނާ ވަނީ ތަޢުރީފް ވިދާޅުވެފައެވެ.

މަންޒަރު ދުށް މީހަކު މީޑިއާ އަށް ބުނި ގޮތުގައި އެ އަލިފާންގަނޑު ފުރަތަމަ ރޯވޯ ދެވަނަ ފަންގިފިލާގައި ކަމަށާއި،

މި ހާދިސާގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި 250 ފަޔާފައިޓަރުން މަސައްކަތްކުރަމުންދާއިރު، މިއީ މިފަހަކަށް އައިސް ޕެރިސްގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ. މި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ވަނީ ފަސް ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހުއެވެ.

ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކައިރި އިމާރާތްތަކުގައި ދިރިއުޅޭ މީހުންވެސް އެތަންތަނުން ވަނީ ހުސްކޮށްފައެވެ.