Last Updated: April 23, 20:04
Tuesday, April 23, 2024
ޚަބަރު

ފުލުހުންގެ އިހްމާލުން އައްޑޫ ކައުންސިލް އިދާރާ އާއި ބައެއް އޮފީސްތައް ނުހުޅުވި މުވައްޒަފުން ގަޑި ޖެހިއްޖެ

އައްޑޫ ސިޓީ ކައުންސިލް އިދާރާ އާއި ބައެއް ސަރުކާރުގެ އޮފީސްތަކުގެ ތަޅުދަނޑި ފުލުހުން އަތުން ނުލިބުމާއި ގުޅިގެން އޮފީސް ނުހުޅުވި މުވައްޒަފުން ގަޑި ޖެހިއްޖެއެވެ.

"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި އޮފީސް ގަޑިއަށް ނުހުޅުވުނީ ސަރުކާރުގެ އޮފީސް ތަކުގެ ތަޅުދަނޑި ބަހައްޓާފައިވާ ކޮޓަރީގެ ތަޅުދަނޑި ގެއްލުމާއި ގުޅިގެންނެވެ.

އައްޑޫ ކައުންސިލް އިދާރާގެ މުވައްޒަފަކު ބުނީ މިއަދު ހެނދުނު ތަޅުދަނޑި ބަލައި ހިތަދޫ ޕޮލިސް ސްޓޭޝަނަށް ދިއުމުން ފުލުހުންނަށް، ތަޅުދަނޑި ދެވޭގޮތް ނުވުމުން ހުރިހާ މުވައްޒަފުން ގަޑި ޖެހިފައިވާ ކަމަށެވެ.

" 8:15 ވި ފަހުން ފުލުހުން އެތަނުގެ ތަޅުދަނޑި ބަހައްޓާފައިވާ ރޫމުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ތަޅުދަނޑި ނަގައިދީފި، އެކަމަކު ހުރިހާ މުވައްޒަފުން މިއަދު މިތިބީ ގަޑި ޖެހިފައި"

މިއަދު މުވައްޒަފުން ގަޑި ޖެހުނު އޮފީސް ތަކުގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލް އިދާރާ އާއި، ހިއުމަން ރައިޓްސް ކަމިޝަންގެ އޮފީސް ހިމެނެއެވެ.

މި ކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ.