Last Updated: April 20, 13:37
Saturday, April 20, 2024
ޚަބަރު

ސުދޭޝްގެ ދަރި ސޫރަޖް ވަރަށް އަވަހަށް ބޮލީވުޑަށް މިސްރާބު ޖަހަނީ

ބޮލީވުޑް ފިލްމްތައް އަދި ޓީވީ ޑްރާމާ ސިލްސިލާތަކުން މިހާރު ފެންނަ ސުދޭޝް ބެރީގެ ދަރިފުޅު ސޫރަޖް ދާދި އަވަހަށް ބޮލީވުޑް އިންޑަސްޓްރީއިން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އޭނާގެ ފުރަތަމަ ފިލްމާއި ބެހޭގޮތުން މިހާރު ވާހަކަތައް ދަނީ ދައްކަމުންނެވެ. މޮޑެލް ކުރުމުގެ އިތުރުން މިހާރު ސޫރަޖް ދަނީ އެކްޓިންގ ދަސްކޮށްދޭ ކްލާހަކަށް ވެސް ދަމުންނެވެ.

ސޫރަޖް ކިޔެވުމަށް އޮސްޓްރޭލިއާއަށް ދިޔަ ކަމުގައި ވިޔަސް އެންމެ ކުޑަ އިރުއްސުރެ ކުރަން ހިތުލާފައިވާ އެކްޓިންގ ގެ މަސައްކަތަށް އޭނާ ވަނީ މިހާރު އިންޑިއާއަށް އައިސްފައެވެ. އޭނާ ބޭނުންވަނީ އެކްޓަރެއްގެ ގޮތުގައި އޭނާގެ ނަން މަޝްހޫރު ކުރާށެވެ.

ސުރޭޝް ބެރީއަކީ ހިންދީ ބޮޑެތި ފިލްމުތައް ކަމަށްވާ "ވަންޝް"، "ބޯޑަރ"، "ޓެންގޯ ޗާލީ"، "ލޮކް"، "ކާގިލް"، "ރެފިއުޖީ"، ފަދަ އެތައް ފިލްމެއް ކުޅެފައިވާ ފަރާތެކެވެ.

މި އެކްޓަރު މިހާރުވެސް ދަނީ ބެލުންތެރިންގެ ތެރޭގައި މަޝްހޫރު ދެ ޑްރާމާ ސިލްސިލާއެއްގައި ހަރަކާތްތެރިވަމުންނެވެ. އެއީ "ޝަކްތީ" އަދި "މުސްކާން"އެވެ.