Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

މިފްކޯ ހެޑް އޮފީހާއި މަސްފިހާރަ ފަޅާލައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ހެޑް އޮފީހާއި މަސް ފިހާރަ ފަޅާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިފްކޯގެ މަސް ފިހާރަ އާއި ހެޑް އޮފީސް ފަޅާލިކަމުގެ ރިޕޯޓު މިއަދު ހެނދުނު ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެމައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.

މިފްކޯގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ މިފްކޯ އާއި މަސް ފިހާރަ ފަޅާލާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށާއި އެއްވެސް ފައިސާއެއް ގެއްލިފައި ނުވާކަމަށެވެ.

ފައުޒީ ވިދާޅުވީ މިފްކޯގެ ހެޑް އޮފީސް ފަޅާލައި އެތަނުން ލެޕްޓޮޕެއް ވަގަށް ނަގާފައިވާ ކަމަށެވެ. އަދި މައްސަލަ ފުލުހުން ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.

މިފްކޯ ހެޑް އޮފީހާއި މަސް ފިހާރަ ފަޅާލާފައިވާއިރު އިއްޔެ ރޭ ވަނީ އައްޑޫގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ އޮފީސް ފަޅާލައި އެތަނުގެ ތިޖޫރީ ވަގަށް ނަގާފައެވެ.