ބ. އަތޮޅު ރަންގަލި ފަޅުތެރެއަށް ފީނަން އެރި އުޅުނު ޒުވާނަކު ގެއްްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ބ.ތުޅާދޫ އަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އޭނާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޯސްޓްގާޑުގެ ސްކޮޑްރަން އިން ހަރަކާތްތެރިވަމުން އަންނައިރު، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 15:47 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
އޭނާ ހޯދުމުގެ މަސައްކަތުގައި ފިނޮޅު ރިސޯޓުގެ ތިން ޑައިވަރުންނާއި ކޮކޯ ޕާލްސްގެ ޑައިވަރަކު ވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.