Last Updated: April 19, 20:49
Friday, April 19, 2024
ޚަބަރު

"ޕިންކް"ގެ ތަމަޅަ ރީމޭކްގައި ޖާންވީ

2016 ވަނަ އަހަރު އިންޑިއާގެ ގައުމީ އިނާމް ހާސިލްކޮށްފައިވާ ފިލްމް" ޕިންކް"ގެ ތަމަޅަ ރީމޭކްގައި ޖާންވީ ކަޕޫރު ލީޑްރޯލް ކުޅޭ ގޮތަށް ހަމަޖެހިއްޖެއެވެ.

"ޕިންކް"ގެ އޮރިޖިނަލް ފިލްމުގައި ލީޑް ރޯލު އަދާކޮށްފައިވަނީ އަމީތާބް ބައްޗަންއެވެ. އެ ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އަނީރުއްދާ ރޯއީ ޗޯދުރީއެވެ.

މި ފިލްމުގެ ތަމަޅަ ރީމޭކްގައި އަމީތާބްގެ ރޯލު ކުޅުމަށް ހަމަޖެހިފައިވަނީ އަޖިތު ކުމާރުއެވެ. އޮރިޖިނަލް ފިލްމުގައި ފެނިގެންދިޔަ ތާޕްސީގެ ރޯލުން ފެނިގެންދާނީ ޝްރައްދާ ސްރިނާތުއެވެ. އެ ފިލްމު ޑައިރެކްޓް ކުރަނީ ވިނޯތުއެވެ.

އަޖިތު ކުމާރު

ބޯނީ ކަޕޫރު ޕްރޮޑިއުސް ކުރާ މި ފިލްމް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ.