Last Updated: July 1, 11:35
Wednesday, July 1, 2026
ޚަބަރު

ރައީސް ނަޝީދު އައްޑޫގައި!

ރައީސް ނަޝީދު އައްޑޫއަށް ވަޑައިގެން ގަމުގެ ވައިގެ ބަނދަރުގައި. ފޮޓޯ: އަލީ ފާއިގް

އެމްޑިޕީގެ ރިއާސީ ކެންޑިޑޭޓް މީގެ ކުޑައިރުކޮޅެއް ކުރިން އައްޑުއަށް ވަޑައިގެންފިއެވެ. ނަޝީދު ގަމުގެ ވައިގެ ބަނދަރަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީގެ ސަޕޯޓަރުންނާއި، މޭޔަރ އަބްދުﷲ ސޯދިޤް(ސޯބެ) އާއި ކައުންސިލް މެމްބަރުންގެ އިތުރުން އެމްޑީޕީގެ ކެޕްމެއިން ހަރާކަތުގައި އިސްކޮށް އުޅުއްވާ ޑރ. މުސްޠަފާ ލުޠުފީ ބައިވެރިވަޑައިގެންނެވިއެވެ.

ރައީސް ނަޝީދު މިއަދު ހަވީރު 4:00 ގައި އެމްޑީޕީގެ ސިއްހަތާއި ގުޅޭ ސިޔާސަތު "ހިތްހަމަޖެހުން- ގަރުބަތީއްސުރެ ނެތިދިއުމަށް ދާންދެން" ހިތަދޫގައި ގައުމީ ފެންވަރުގައި އިފްތިތާހު ކޮށްދެއްވާނެއެވެ. އަދި އެޕާޓީން ބާއްވާ ބޮޑު ޖަލްސާއެއް މިރޭ ފޭދޫ ބަނދަރު ސަރަހައްދުގައި ބޭއްވުމަށް ވަނީ ތައްޔާރުކޮށްފައެވެ. އަދި ކަންމަތީ ބައްދަލުވުންތަކާއި ކެމްޕެއިން ހަރަކާތްތައް މި ދަތުރު ތެރޭ ވަނީ ޝެޑިއުލްކޮށްފައެވެ.

އެމްޑީޕީގެ ސިއްހަތާއި ބެހޭ ސިޔާސަތު މިއަދު ހިތަދޫގައި އިފްތިތާހު ކުރާއިރު އެއްވަގުތެއްގައި މި ސިޔާސަތު އިފްތިތާޙްކުރެވޭ ރަށްތަކަކީ، ހއ. މުރައިދޫ، ހދ. ހަނިމާދޫ، ށ. ފުނަދޫ، ނ. ވެލިދޫ، ރ. އުނގޫފާރު، ބ. ކެންދޫ، ޅ. ނައިފަރު، ކ. މާފުށި، އއ. އުކުޅަސް، އދ. ދިގުރަށް، ވ. ތިނަދޫ، މ. މަޑުއްވަރީ، ފ. ބިލެތްދޫ، ދ. މީދޫ، ތ. ގުރައިދޫ، ލ. މާވަށް، ގއ. ދާންދޫ، ގދ. ރަތަފަންދޫ، ޏ. ފުވައްމުލައް އަދި މާލެ ސިޓީ ގައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރައީސް ނަޝީދު މާދަމާގެ ވަގުތެއްގައި ހުޅުމީދޫއަށް ވަޑައިގަންނަވާނެއެވެ.