މާލޭގެ އިމާރާތުން ފުންމާލި 14 އަހަރުގެ އަންހެން ކުއްޖަކަށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދެމުން އެބަދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން ކުއްޖާ އިމާރާތުގެ މަތިން ފުންމާލާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
އިމާރާތެއްގެ މަތިން ކުއްޖަކު ފުންމާލި މައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ. ނަމަވެސް މި ހާދިސާ އާއި ގުޅޭ މައުލޫމާތެއް ފުލުހުން ހާމަ ނުކުރެއެވެ.
އަދި އެކުއްޖާއަށް އޭޑީކޭގައި ފަރުވާ ދެމުންދާ އިރު ލިބިފައިވާ ގެއްލުމުގެ ތަފްސީލު ސާފެއް ނުވެއެވެ.