Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ރޯހިތުގެ އެކްޝަން ކޮމެޑީ ފިލްމެއްގެ ޑައިރެކްޝަނަށް ފަރަހް ސޮއިކޮށްފި

މަޝްހޫރު ޕްރޮޑިއުސަރ ރޯހިތު ޝެއްޓީގެ "ރޯހިތު ޝެއްޓީ ޕިކްޗާޒް" އިން އުފައްދާ އެކްޝަން ކޮމެޑީ ފިލްމެއް ޑައިރެކްޓް ކުރުމަށް ފަރަހް ޚާން ސޮއިކޮށްފިއެވެ.

މިކަމާއި ގުޅިގެން ފަރަހް ދިން ސްޓޭޓްމަންޓެއްގައި އޭނާ ބުނެފައިވަނީ ގިނަ ފަހަރު އުއްމީދު ނުކުރާ ކަހަލަ ފުރުސަތުތައް އިންސާނުންނަށް ލިބޭ ކަމަށެވެ. އޭނާ ރޯހިތު ޝެއްޓީ ދެކެނީ ބޭބެއެއް ގޮތުން ކަމަށާއި ރޯހިތުއާއެކު މަސައްކަތް ކުރަން ލިބުމުން ވަރަށް އުފާވާ ކަމަށް ފަރަހް ވަނީ ބުނެފައެވެ.

މި ފިލްމުގެ ގެނެސްދޭނީ ރިލައެންސް އެންޓަޓެއިންމަންޓްގެ ފަރާތުންނެވެ. އަދި ޕްރޮޑިއުސް ކުރާނީ ރޯހިތު ޝެއްޓީ ޕިކްޗާޒްއިންނެވެ.

ރޯހިތުގެ ފިލްމް "ސިމްބާ"ގެ ފުރިހަމަ ކާމިޔާބީއަށް ފަހު ފަރަހް އާއެކު މަސައްކަތް ކުރުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. ރޯހިތު ދެކެނީ ފަރަހް ޚާން އަކީ ވަރަށް ހުނަރުވެރި ކަންތަކަށް ގަދައަޅާ މަސައްކަތްކުރާ މީހެއް ގޮތަށެވެ.

ޑައިރެކްޓަރެއް ގޮތުގައި އަހަރުތަކެއް ހޭދަކުރުމަށްފަހު ރޯހިތު ޝެއްޓީވަނީ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް "ގޯލްމާޒް އަގެއިން"، "ސިމްބާ" ފަދަ ކާމިޔާބު ފިލްމުތަކެއް ޕްރޮޑިއުސް ކޮށްފައެވެ.