Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

އިއްތިހާދުގެ ބައްދަލުވުމެއް މިރޭ ހިތަދޫގައި!

ޑރ. މުހައްމަދު ވަޙިދޫ އާއި ބައިއަތު ހިފައި ކޯލިޝަން ހަދާފައިވާ ޑިއާރްޕީ އާއި އަދާލަތު، ގައުމީ ޕަޓީ އާއި ގައުމީ އިއްތިހާދުން ބާއްވާ ހާއްސަ ބައްދަލުވުމެއް މިރޭ ހިތަދޫގައި ހުންނަ އަދާލަތު ޕާޓިގެ ހަރުގޭގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

"ގައުމާއިގެން ކުރިއަށް" މި ނަމުގައި ބާއްވާ ބައްދަލުވުމުގައި ޝެއިހް އިލްޔާސްގެ އިތުރުން ބައެއް ހާއްސަ ބޭބޭފުޅުން ވާހަކަ ދައްކަން ހަމަޖެހިފައިވާ ކަމަށް އިއްތިހާދުން ބުނެއެވެ.

މިރޭ 8:45 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ވީހާވެސް ގިނަ ބަޔަކު ވަޑައިގަތުމަށް އިއްތިހާދުން އެދެއެވެ.