Last Updated: March 28, 21:55
Thursday, March 28, 2024
ރިޕޯޓް

އެމްއެމްއޭގެ އަމާޒު: މިއަހަރު ނިމުމުގެ ކުރިން ޑިޖިޓަލް ޕޭމަންޓު ތައާރަފް ކުރުން

ގަވަރުނަރ އަހުމަދު ނަސީރު، ފޮޓޯ: އަވަސް

މިއަހަރު ނިމުމުގެ ކުރިން ނަގުދު ފައިސާގެ ބަދަލުގައި ޑިޖިޓަލް ޕޭމަންޓު ސިސްޓަމް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްއެމްއޭގެ ގަވަނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.

މަރުޒަކީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެންމެ ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތަކާއި ގުޅޭ ގޮތުން "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަސީރު ވިދާޅުވީ އެމްއެމްއޭއިން އެންމެ ހާއްސަ އިސްކަމެއްދިގެން މިވަގުތު ކުރަމުން އަންނަ މަސައްކަތަކީ ނަގުދު ފައިސާއަށް ބަރޯސާ ނުވެ ހިދްމަތްތަކަށް އަގު ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް ކަމަށެވެ.

ނަސީރު ވިދާޅުވީ ރައްކާތެެރި ގޮތެއްގައި ރިއަލް ޓައިމް ޕޭމަންޓު ދެއްކުމަށް ތައްޔާރުކުރާ ޕޭމަންޓު ސިސްޓަމް މިއަހަރު ތެރޭގައި ގާއިމް ކުރެވޭނެ ކަމަށެވެ.

ނަގުދު ފައިސާގެ ބޭނުން ނުކޮށް ހިދްމަތްތަކަށް އަގު ދެއްކޭ ގޮތަށް ދިރާގުޕޭ އާއި އުރީދޫ އެމްފައިސާ ވަނީ ތައާރަފުކޮށްފައެވެ. އަދި ބީއެމްއެލްއިން އަންނަނީ ބީއެމްއެލް މޯބައިލްޕޭ މެދުވެރިކޮށް ހިދްމަތްތަކަށް ފައިސާ ދެއްކޭގޮތް ހަދަމުންނެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުގަކުގައި ޑިޖިޓަލް ޕޭމަންޓު ސިސްޓަމް ބޭނުން ކުރަމުން އަންނަ އިރު ރާއްޖެގައި މިހިދްމަތަށް އަދި ބޮޑު ތަރްހީބެއް ލިބެމުން ނުދެއެވެ.