Last Updated: April 24, 09:02
Wednesday, April 24, 2024
ދުނިޔެ

ހަ މީހުން ވެގެން 19 އަހަރުގެ ކުއްޖަކު ރޭޕްކޮށްލައިފި

ފޮޓޯ: ދަސްޕޯޓްސްހަންޓް

އިންޑިއާގެ ބިހާރްގެ ކިޝަންގަންޖް ޑިސްޓްރިކްޓްގައި ހަ ޒުވާނުން ވެގެން 19 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްލައިފި އެވެ. އެމީހުން އެކުއްޖާ ރޭޕްކޮށްފައި ވަނީ އެކުއްޖާގެ ބައްޕަ ކުރިމަތީގައި ކަމަށް ފުލުހުން ބުނެއެވެ.

އެކުއްޖާ ފުލުހުންނަށް ރިޕޯޓްކުރި ގޮތުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭގަނޑު ވަރަށް ލަސްވިފަހުން ހަ މީހުން އައިސް ފެނަށް އެދި އޭނާ އުޅޭ ގެއަށް ޓަކިޖެހި ކަމަށާއި، އެންމެން ފަހުން ގަދަކަމުން ގެއަށް ވަދެ އެކުއްޖާ ގެއިން ބޭރަށް ނެރެފައިވާ ކަމަށެވެ.

އަދި ގެ ކައިރީ އޮންނަ ފަޅު ސަރަޙައްދަކަށް ގެންގޮސް، އޭނާގެ ބައްޕަ ކުރިމަތީގައި އެ ހަ މީހުން އޭނާ ގޭންގްރޭޕްކޮށްފައިވާ ކަމަށްވެސް އެކުއްޖާ ބުނެއެވެ. އެވަގުތު އެކުއްޖާގެ ބައްޕަ ހުރީ ގަހެއްގައި ބަނދެފައި ކަމަށް އޭނާ ބުނެއެވެ.

އަދި އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ނުކުރުމަށް އެމީހުން އިންޒާރު ދިން ކަމަށްވެސް އެކުއްޖާ ބުނެއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ އެންމެންގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށް ކްރިޝަންގަންޖް ސުޕާއިންޓެންޑެންޓް އޮފް ޕޮލިސް ކުމާރް އަޝީޝް ބުނެއެވެ. އެ މީހުން ފިލާފައިވާ ކަމަށާއި، މިހާތަނަށް އޭގެ ތެރެއިން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ނުވާ ކަމަށްވެސް އޭނާ ބުނެއެވެ.

ނަމަވެސް، ވަރަށް އަވަހަށް ތުހުމަތުކުރެވޭ އެންމެންވެސް ހައްޔަރުކުރާނެ ކަމަށް އޭނާ ބުނެއެވެ.