Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

އެކްސިޑެންޓުވި ކުޑަކުއްޖަކު ހެލިކޮޕްޓަރުގައި މާލެ ގެނެސްފި

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ހަ އަހަރުގެ ކުޑަ ކުއްޖަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި އެމަޖެންސީގައި މާލެ ގެނެސްފިއެވެ.

އެ ކުއްޖާ މާލެ ގެނެސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެމްއެންޑީއެފުން ބުނެފައިވަނީ ސައިކަލު އެކްސިޑެންޓެއް ހިނގައި ހަ އަހަރުގެ ކުޑަ ކުއްޖާގެ ބޮލަށް އަނިޔާތަކެއް ލިބުނު ކަމަށެވެ.

ދާދި ފަހުން މަރަދޫފޭދޫ ދެބުރި އިމާރާތެއް މަތިން ވެއްޓުނު 7 އަހަރުގެ ކުއްޖަކަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބި، އެމަޖެންސީގައި ވަނީ މާލެ ފޮނުވާލާފައެވެ. ނަމަވެސް އެކުއްޖާ ފޮނުވާފައިވަނީ ޗާޓަރު ފްލައިޓުގައެވެ.