Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ރިސޯޓުތަކުގައި ބޭރު މީހުންގެ އަދަދު ތިރިކުރާ ސިޔާސަތެއް ކަނޑައަޅައިފި

ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރޭގައި ބިދޭސީންނަށް ވަޒީފާ ދެވޭނީ ޝަރުތު ހަމަވާ ދިވެހިން ނެތް ހާލަތެއްގައި އެކަނި ކަމަށް ކަނޑައެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު ވިދާޅުވީ 19 ވަނަ މަޖިލީހުގައި ހުށައަޅާ ސިޔާސަތުތަކުގެ ތެރޭގައި ވަޒީފާ ހޯދަން އުޅޭ ފަރާތްތަކުގެ އިނާޔަތް ހިމެނޭ ކަމަށެވެ.

އޭގެ ތެރޭގައި ކޮންމެ ރަޝެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްގައި ވަޒީފާގެ ދަފްތަރެއް އެކުލަވާލައި އެ ދަފްތަރުގައި ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތައް ހިމެނޭނެ ކަމަށެވެ. ރިސޯޓުތަކުން ވެސް މުވައްޒަފުން ނަގާއިރު އެންމެ ފުރަތަމަ އިސްކަން ދޭން ޖެހޭނީ ވަޒީފާގެ ދަފްތަރަށް ކަމަށާއި ޝަރުތު ހަމަވާ ދިވެހިން ވަޒީފާ ނުލިބި ދަފްތަރުގައި ތިއްބާ ރިސޯޓުތަކަށް ބޭރު މުވައްޒަފުން ނުނެގޭނެ ގޮތަށް ބަދަލުކުރުމަށް ހުށައެޅޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މިރަށުގައި އެހެން ވަޒީފާއެއް، އަދި މިސަރަހައްދުގައި ވެސް އެހެން ވަޒީފާއެއް ބޭރު މީހަކަށް ދެވޭނީ މި ފޮތުގައި ހުރި މީހާއަށް ވަޒީފާ ދީފައި،"

އެޖެންޑާ 19 ގެ ނަމުގައި އެމްޑީޕީން ހުށައަޅާފައިވާ ސިޔާސަތުގައި މަޖިލިސް ގަވާއިދުގެ އިތުރުން ގިނަ ގާނޫނުތައް އިސްލާހު ކުރުމަށް ހުށައަޅާފައިވެއެވެ. އަދި ފަނޑިޔާރުގެ ވެސް އިސްލާހު ކުރުމަށް ހުށައަޅާފައިވެއެވެ.