Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އައްޑޫ އާއި އިތުރު ރަށްތަކުން ގޯތި ދޫކުރުމަށް ކުރި އިއްލާން ބާޠިލްކޮށްފި

އައްޑޫ އާއި އިތުރު ރަށް ތަކުން ގޯތި ދޫކުރުމަށް މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ކޮށްފައިވާ އިއްލާން ހައުސިން މިނިސްޓްރީން މިއަދު ބާޠިލްކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއްލާނެއްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ 9 ރަށަކުން ގޯތި ދޫކުރުމަށް މިނިސްޓްރީން ކުރި އިއްލާން ބާޠިލްކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ އައްޑޫ ސިޓީ އާއި ހދ. ކުޅުދުއްފުށި، ދ. މީދޫ، ކ.މާފުށި އަދި ލ.ގަން، ގދ. ތިނަދޫ، ކ.ތުލުސްދޫ، ކ. ހިންމަފުށި، ހދ. ހަނިމާދޫން ގޯތި ދޫކުރާނީ ރަށްރަށުގެ ކައުންސިލްތަކާއި ސިޓީ ކައުންސިލުން ކަމަށެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު ކައިރިވެފައިވަނިކޮށް އޭރު އޮތް ސަރުކާރުން ގޯތި ދޫކުރުމަށް އިއްލާން ކުރުމާއި ގުޅިގެން އެތައް ހާސް ބަޔަކު ދިގު ކިއޫ ހަދައިގެން ގޯތި ފޯމު ނެގިއެވެ. އަދި އެފޯމުތައް ފުރުމަށްފަހު ހައުސިން މިނިސްޓްރީން އެންގި ގޮތަށް އަމަލުކޮށްފައިވެއެވެ. އޭގެ ފަހުން އެފޯމުތަކަށް ވީއެއް ނުވީއެއް ނޭގެއެވެ.