Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ކަަރަޕްޝަނާއި ދެކޮޅު ހިނގާލުން ފެބްރުއަރީ 15 ގައި

ކަރަޕްޝަނާއި ދެކޮޅަށް އަޑު އުފުލުމަށް ބާއްވާ ހާއްސަ ހިނގާލުން ފެބްރުއަރީ 15 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އޭޖީ އޮފީހުގެ ކުރީގެ ސްޓޭޓް ކައުންސެލް މަރިޔަމް ޝުނާނާ އިސްވެ އިންތިޒާމް ކުރާ މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 15 ވަނަ ދުވަހު ހަވީރު ކާނިވާ ސަރަހައްދުންނެވެ.

ކަރަޕްޝަން ހުއްޓުވުމަށާއި، އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) މެމްބަރުންނާއި ޖަވާބުދާރީ ކުރުވުމުގެ އިތުރުން ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކަރަޕްޝަންކަމަށްވާ އެމްއެމްޕީއުސީ ކަރަޕްޝަންގައި ޝާމިލްވާ ފަރާތްތައް ހާމަކުރުމަށް ހިނގާލުމުގެ ބައިވެރިން އަޑު އުފުލާނެއެވެ. އަދި އިންތިހާބުގެ ކުރިން މަޖްލިސް މެމްބަރުންގެ މާލީ ބަޔާން ހާމަ ކުރުމަށާއި އަލަށް އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ މާލީ ބަޔާން އާއްމު ކުރުމަށް ހިނގާލުމުގެ ބައިވެރިން އަޑު އުފުލާނެއެވެ.

އެމްއެމްޕީއާރުސީ ކަރަޕްޝަންގެ ފައިސާ 155 މީހެއްގެ އެކައުންޓަށް ޖަމާވެފައިވާކަމަށް އޭސީސީން ވަނީ ބުނެފައެވެ. އެމައްސަލައިގެ ތަހްގީގު ކުރިއަށްދަނީ ވަރަށް ލަސްކޮށެވެ. އަދި އެކަމުގެ މައުލޫމާތު އާއްމު ރައްޔިތުންނަށް އެއްވެސް މުވައްސަސާއަކުން ސާފުކޮށްނުދެއެވެ.