Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

އައްޑޫގައި ރެފްރީ ކޯހެއް ފަށަނީ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވިސް (އެފްއޭއެމް) އިން ފުޓުބޯޅަ ބޭސިކް ރެފްރީ ކޯހެއް އައްޑޫގައި ބާއްވަން ނިއްމައިފިއެވެ.

އެފްއޭއެމްއިން ބުނީ މި ކޯހަކީ އެ އެސޯސިއޭޝަނުން މިއަދު ކުރިއަށް ރާވާފައިވާ ހަރަކާތުގެ ތެރޭގައި ހިމެނޭ ކޯހެއް ކަމަށެވެ. ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 1 ވަނަ ދުވަހުއެވެ.

އެފްއޭއެމްއިން ބުނީ ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް އައްޑޫ އެފްއޭއެމް އޮފީހުން ލިބޭނެކަމަށެވެ. އަދި މިމަހުގެ 19 ވަނަނ ދުވަހުގެ ކުރިން ކޯހުގައި ބައިވެރިވާން ޖެހޭނެކަމަށް އެފްއޭއެމްއިން ބުނެއެވެ.

އައްޑޫގައި ދޭތެރެ ދޭތެރެއިން އެފްއޭއެމްގެ ފަރާތުން ރެފްރީ ކޯސް ބާއްވައެވެ.