Last Updated: April 24, 23:11
Thursday, April 25, 2024
ދުނިޔެ

ދިއްލީގެ ހޮޓަލެއްގައި އަލިފާން ރޯވެ، 17 މީހުން މަރުވެއްޖެ

މި ހޮޓެލަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަޤްބޫލް މަންޒިލެއް - ފޮޓޯ: ގެޓީ އިމޭޖެސް

މިއަދު ހެނދުނު އިންޑިއާގެ ދިއްލީގެ ހޮޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 17 މީހުން މަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މަންޒަރުދުށް މީހަކާއި ހަވާލާދީ "ބީބީސީ" އިން ރިޕޯޓްކުރާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި އެތަނުން ސަލާމަތްވާން ވެގެން ކުޑަދޮރުން ފުންމާލަން މަސައްކަތްކުރި އަންހެނަކާއި ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށެވެ.

އޮފިޝަލުން ބުނާ ގޮތުގައި މިހާތަނަށް 35 މީހުން ސަލާމަތްކުރެވިފައިވާއިރު، އޭގެތެރެއިން ބައެއް މީހުންނަށް އަނިޔާ ލިބިފައިވާ ކަމަށާއި، ފަރުވާއަށްޓަކައި އެމީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ހޮޓެލް އަރްޕިތު ޕެލެސް ހުންނަނީ ފަތުރުވެރިންގެ މަޤްބޫލް ސަރަޙައްދެއް ކަމުގައިވާ ކަރޯލް ބާގްގައެވެ. އެ ސަރަޙައްދަކީ ބަޖެޓް ހޮޓެލްތަކަށާއި ވިޔަފާރިކުރުމަށް އާންމުކޮށް ފަތުރުވެރިން ގޮސް އުޅޭ ހިސާބެކެވެ.

މި ހާދިސާ ހިނގަން މެދުވެރި ސަބަބު އަދިވެސް ތަޙުޤީޤުކުރަމުންދާއިރު، ރިޕޯޓްތައް ބުނާގޮތުން އެންމެ ގިނަ މީހުން މަރުވެފައިވަނީ ނޭވާ ހާސްވެގެން ކަމަށެވެ.