Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ދައުލަތުގެ މުވައްޒަފުންނަށް އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދައުލަތުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފި އެވެ.

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް އާއި ގުޅިގެން އޭސީސީ އިން ޕްރޮގްރާމް ކުރިއަށްގެންގޮސްފައި ވަނީ މިއަދު، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައެވެ.

އޭސީސީ އިން ބުނީ ތިން ގަޑިއިރުގެ މި ޕްރޮގްރާމުގައި ބައިވެރިންނަށް ނަޒާހަތްތެރިކަމާއި ކޮރަޕްޝަނާ ބެހޭ މަޢޫލޫމާތު ދީފައިވާ ކަމަށެވެ.

މި ޕްރޮގްރާމްގައި ދައުލަތުގެ 08 އިދާރާއަކުން 18 މުވައްޒަފުން ބައިވެރިވިއިރު، މި ޕްރޮގްރާމް ހުށަހަޅައިދެއްވާފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.