Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އިންޑިއާއާއި ރާއްޖޭގެ ސަޤާފަތް ދައްކުވައިދޭ ހަރަކާތެއްގައި ފަސްޓްލޭޑީ ބައިވެރިވެވަޑައިގެންފި

ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރ ސެންޓަރުން އިންތިޒާމްކޮށްގެން ބޭއްވި އިންޑިއާއާއި ދިވެހިރާއްޖޭގެ އަންހެނުންގެ ސަޤާފަތް ދައްކުވައިދޭ ހަރަކާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

އެ ޙަރަކާތް ކުރިއަށްގެންގޮސްފައި ވަނީ އިއްޔެ އެވެ.

ރައީސް އޮފީހުގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން އެ ރަސްމިއްޔާތުގައި ދެ ޤައުމުގައި އަންހެނުންނަށް ޚާއްޞަ ސަޤާފީ އެކިއެކި ހަރަކާތްތައް ވަނީ ދައްކާލާފައެވެ. އޭގެތެރޭގައި އިންޑިއާ އާއި ރާއްޖޭގެ ސަޤާފީ ކައިވެނީގެ ހަފުލާތައް ހިނގަމުންދާ ގޮތްވެސް ދައްކާލާފައިވެއެވެ.