Last Updated: June 10, 13:14
Wednesday, June 10, 2026
ޚަބަރު

ހަސަން މަނިކާ މާލެ ފޮނުވާލައިފި

ހަސަން އަހުމަދު އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ގެންގޮސްފައި. ފޮޓޯ: ކިއުންތެރިއެއް

އިއްޔެ ހަވީރު ލިންކް ރޯޑްގައި ދެ ސައިކަލް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ހަސަން މަނިކާ އަށް އިތުރު ފަރުވާ ދިނުމަށް ދަންވަރު މާލެ ފޮނުވާލައިފި އެވެ.

ހިތަދޫ ޕްރިޓީވިލާ އުމުރުން 58 އަހަރުގެ ހަސަން މަނިކާ މާލެ ފޮނުވާލީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އެވެ. ޑޮކްޓަރާ ހަވާލާ ދެއްވައި ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ހަސަން މަނިކާގެ މޭކަށިގަނޑު ނުވަ ތަނަކުން ބިންދައިގެން ގޮސް މޫނަށާއި ކަންފަތަށް ވެސް ބޮޑެތި ގެެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އޭނާ އަށް މި ވަގުތު ފަރުވާ ދެމުން އަންނަނީ އައިޖީއެމް ހޮސްޕިޓަލްގަ އެވެ. ހަސަން މަނިކާ ފޮނުވާލީ އޭނާ ވަޒީފާ އަދާ ކުރާ ޝަންގްރިއްލާ ވިލިގިލި ރިސޯޓުން ޗާޓަރު ކުރި ފްލައިޓެއްގަ އެވެ.