މޫނު ބުރުގާ އަޅައިގެން ހުއްޓަސް އަދި މޫނުބުރުގާ ނާޅާ ހުއްޓަސް މިސަރުކާރުން ވަޒީފާ ލިބޭނެ ކަމަށާއި މޫނު ބުރުގާ އަޅައިގެން ޓީޗަރަކު މި ސަރުކާރުން ވަޒީފާއިން ވަކި ނުކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މީހާ އަޅާ ހެދުމަކުން ނުވަތަ އޭނާ ހުންނަ ގޮތަކުން ވަޒީފާއިން ވަކި ކުރަންޖެހޭކަމަށް ގަބޫލް ނުކުރައްވާކަމަށެވެ.
ރައީސް ޔާމީން ސަރުކާރުގައި މޫނު ބުރުގާ އަޅައިގެން ބައެއް ޓީޗަރުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. މިނިސްޓަރ ވިދާޅުވީ އެމައްސަލަ ތައް ބަލައި މިހާރު އެމައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.
މޫނު ބުރުގާ އަޅާ ޓީޗަރުން މިދިޔަ ސަރުކާރުން ވަޒީފާއިން ވަކިކޮށްފައިވާތީ ގިނަ ބައެއްގެ ފާޑު ކިއުން ކުރީގެ އެޑިއުކޭޝަން މިނިސްޓަރ އަށާއި ރައިސް ޔާމީނަށް އަމާޒުވިއެވެ.