Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އިންޖީނު ހުއްޓުނު ބޯޓަކަށް އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްފި

ޕެސިންޖަރުން ގޮވައިގެން ރ އަތޮޅަށް ދަތުރުކުރި "ރަހްމަތުއްލާ" ނަމަކަށް ކިޔާ ބޯޓެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފްއިން ބުނީ 46 މީހުންނާއިގެން މާލެއިން ފުރައިގެން ރ އަތޮޅަށް ދަތުރުކުރި މި ބޯޓުގެ އިންޖީނު ހުއްޓުނުކަން އެމްއެެންޑީއެފްއަށް ރިޕޯޓު ކުރީ ރޭ ދަންވަރު 2:10 ގައި ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ ބޯޓުގެ އިންޖީނު ހުއްޓުނީ ކ. ގަފާރާއި 15 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އަދި އެސަރަހައްދުގެ ކަނޑު އެވަގުތު ވަރަށް ގަދަ ކަމަށެވެ.

އެމްއެެންޑީއެފްއިން ބުނީ އިންޖީނު ހުއްޓުނު ބޯޓުގައި 31 ފިރިހެނުންނާއި، 13 އަންހެނުން އަދި 2 ކުޑަކުދިން ތިބި ކަމަށެވެ.